މާލެސިިިިޓީ ލޮކްޑައުންގައި ގާވާޢިދާ ޚިލާފަށް ނުކުމެ އުޅޭ ފަރާތްތައް ފުލުހުން ދަނީ ޖޫރިމަނާ ކުރަމުން؛ އެކަމަކު މިފަހަރު ވަނީ މިކަންވެސް އޮޅިފައި (ރަސް ފޮޓޯ)
މާލެސިިިިޓީ ލޮކްޑައުންގައި ގާވާޢިދާ ޚިލާފަށް ނުކުމެ އުޅޭ ފަރާތްތައް ފުލުހުން ދަނީ ޖޫރިމަނާ ކުރަމުން؛ އެކަމަކު މިފަހަރު ވަނީ މިކަންވެސް އޮޅިފައި (ރަސް ފޮޓޯ)
މާލޭ ސަރަޙައްދުގެ ފުރަބަންދު އުވިފައި ވަނިކޮށް ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލް ކޮށްފިއެވެ.

އެކަމާ ގުޅިގެން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުން އުވާލުމުގެ ވަގުތާ ގުޅޭ ގޮތުން އާއްމުންނަށް ރަނގަޅަށް މައުލޫމާތު ސާފުނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޖޫރިމަނާކޮށްފައިވާ ނަމަ އެ މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

ހައިތަމްގެ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ ވަގުތުތަކުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން 14 ދުވަހަށް އިތުރުކުރި އެވެ. އެހެންކަމުން 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން 14 ދުވަސް ހަމަވަނީ ޖޫން 11 ފެށުމާ ހަމައަށެވެ. އަދި އެޗްޕީއޭ އިން އެފަހަރު 14 ދުވަސް އިއުލާނުކުރި ވަގުތު ކަމަށްވާ 28 ވަނަ ދުވަހުގެ ހަވީރު 4:07 އިން ފެށިގެން ބެލިނަމަވެސް 11 ވަނަ ދުވަހުގެ އެ ގަޑިއަށް ފުރަބަންދުގެ ވަގުތު ހަމަވާނެއެވެ. ނަމަވެސް އެޗްޕީއޭ އިން ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެރޭ 9:00 ވާން ކައިރިވެފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން