ރާއްޖެ އިން މިއަދު އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 24 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 10 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ 07 މީހަކާއި ނޭޕާލްގެ 2 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 10 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 2013 އަކަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި 24 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1217 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 786 މީހުންނެވެ. އައިސޮލޭޝަންގައި 670 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 347 މީހުންނެވެ.
ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ އަށް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު