ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިމޭރުމުން ދިވެހި ސަރުކާރަށް ގޮވާލައްވާފައިމިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިޙަށް އިއްޔެ ދިން ހަމަލާ ކުށްވެރި ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢަލީ ޞާލިޙަށް ޙަމާލާދިން މީހާއަކީ މީގެ ކުރިންވެސް ތަކުރާރުކޮށް މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ސަބަބުން ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ މީހެކެވެ.
އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނޫނުގެ ހުކުމް ނަގަހައްޓަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޢަލީ ޞާލިޙަށް ޙަމަލާދިން މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެެ. މިމީހާއަކީ ހުސްވިމަހު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައިވެސް ހައްޔަރުކުރި މީހާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި އޭނާ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ނަފްސާނީ ބަލި މީހަކަށް ވާތީ ކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އޭގެ ފަހުން އެމްޑީޕީގެ ކޮންގްރެސް ހިނގަމުންދިޔަ ދުވަސްވަރު ރައީސް ނަޝީދު މެންބަރު ޢަލީ އާޒިމްގެ ގެކޮޅުގައި ފަރިއްކޮޅަކަށް އިންސާފު ކުރަށްވަމުން ގެންދަވަނިކޮށް އެ ސަރަޙައްދަށްގޮސް އެތަނުގައިވެސް އޭނާވަނީ ފުލުހުންނާ ކުރިމަތިލާ ފުލުހުންނަށް މަރުގެ އިންޒާރު ދީފައެވެ. ނަމަވެސް އެ މައްސަލާގައިވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
— Mohamed Nazim MP (@nazim7878) August 23, 2022
ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައުއަށް ދޫވެފައި ތިބިގެން ނުވާނެ. ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދީ ގާނުނުގެ ހުކުމް ނަގަހައްޓަން ޖެހޭ.
ޢަލީ ޞާލިޙަށް ޙަމަލާދިން މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެެ. މިމީހާއަކީ ހުސްވިމަހު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައިވެސް ހައްޔަރުކުރި މީހާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި އޭނާ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، ނަފްސާނީ ބަލި މީހަކަށް ވާތީ ކަމަށްބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އޭގެ ފަހުން އެމްޑީޕީގެ ކޮންގްރެސް ހިނގަމުންދިޔަ ދުވަސްވަރު ރައީސް ނަޝީދު މެންބަރު ޢަލީ އާޒިމްގެ ގެކޮޅުގައި ފަރިއްކޮޅަކަށް އިންސާފު ކުރަށްވަމުން ގެންދަވަނިކޮށް އެ ސަރަޙައްދަށްގޮސް އެތަނުގައިވެސް އޭނާވަނީ ފުލުހުންނާ ކުރިމަތިލާ ފުލުހުންނަށް މަރުގެ އިންޒާރު ދީފައެވެ. ނަމަވެސް އެ މައްސަލާގައިވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު