ހަށިވިއްކި މައްސަލައެއްގައި ބިދޭސީ ދެފިރިހެނުން ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.
މި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ އެކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ ހަށި ވިއްކުމުގެ މައްސަލާގައި ބަންގްލަދޭޝްގެ މުޙައްމަދު ޝަރީފް އާއި ކަމަލް އުއްދިން ބަންދުގައި ބޭތިއްބުމަށް އަމުރުކުރާ ކަމަށެވެ.
އެގޮތުން މުޙައްމަދު ޝަރީފްގެ ބަންދަށް 05 ދުވަސް އަދި ކަމަލް އުއްދިންގެ ބަންދަށް 10 ދުވަސް ކޯޓުންވަނީ ދީފައެވެ.
އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެމީހުންނަކީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވުމާއެކު ފިލައިފާނެކަމަށްޓަކައެވެ.
އަދި ފުލުހުންވަނީ އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓާއި ކުށުގެ ވެއްޓަށް ދިޔަ ފުލުހުންގެ ބަޔާނާއި ކްރައިމްސީންގެ ފޮޓޯ ހުށައަޅާފައިކަމަށް ކޯޓު އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު