ރާއްޖެ އިން މިހާރު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 170 ދިވެހިންނަށް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
އިއްޔެ ހަވީރު 18:00 އާއި ހަމަށް ރެކޯޑް ކުރެވިފައި ހުރި ހިސާބުތައް ކަމަށް ބުނެ އެޗްޕީއޭ އިން މިނޫހާއި ހުއްސާ ކުރި މައުލޫމާތު ތަކަށް ބަލާއިރު ކޯވިޑް-19 ޖެހިގެން މިވަގުތު ފަރުވާދެމުންދާ 786 މީހުންގެ ތެރޭގައި ހިމެނީ 170 ދިވެހިންނެވެ. ބަލިޖެހިފައިވާ މީހުންގެ ތެރޭގައި ދެން ހިމެނެނީ 616 ބިދޭސީން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 10 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ 07 މީހަކާއި ނޭޕާލްގެ 2 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 10 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު 2013 އަކަށް އަރާފައެވެ.މިއަދު ބަލިން ރަނގަޅުވި 24 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1217 އަށް އަރާފައެވެ.
މިވަގުތު އައިސޮލޭޝަންގައި 670 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 347 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދަނީ އަށް މީހަކަށެވެ.
މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 701 ދިވެހިންނެވެ. އޭގެ ތެރޭގައި އިއްޔެގެ 18:00 އާއި ހަމައަށް ރަނގަޅު ނުވެ ތިބީ 120 މީހުންނެވެ.
ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ އަށް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު