އެޑެކްސެލްގެ ބަދަލުގައި އޭލެވެލް ދަރިވަރުންނަށް ކެމްބްރިޖް އިމްތިޙާން ދިނުމަށް ތަޢުލީމާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ބުނީ އޭލެވެލް ކިޔަވާ ދަރިވަރުންނަށް މިހާރު ދެމުންގެންދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިމްތިޙާން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ އަދި މިއަހަރު މަތީ ސާނަވީގެ ގުރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިޙާންތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އެގޮތުން ގުރޭޑް 11 ގައި މި އަހަރު ކިޔަވަންފަށާ ދަރިވަރުން ކިޔަވާނީ ކެމްބްރިޖް އޭލެވެލް ސިލަބަހަށެވެ. ކެމްބްރިޖް އޭ އެސް ލެވެލްގެ އިމްތިޙާން އޮންނާނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައެވެ. އެ މިނިސްޓްރީން ބުނީ، މިގެނައި ބަދަލާއެކު ކެމްބްރިޖް އިންޓަރނޭޝަނަލް އޭލެވެލްއަށް ކިޔަވައިދޭން ފަށާނީ 2024/2025 ވަނަ އަހަރު ދިރާސީ އާ އަހަރާއެކުގައެވެ. އިމްތިޙާން އޮންނާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު