އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފިއެވެ.
ހުޅުމާލޭ ނިރޮޅުމަގުން ސްޓޭޓް މިނިސްޓަރ އަލީ ސާލިހަށް ހަމަލާދިނީ މިދިޔަ ހޯމަދުވަހުއެވެ. އޭނާއަށް ހަމަލާދިނީ އެޗްޑީސީގެ ވަޒީފާއެއްގައި ހުރި ރ. މަޑުއްވަރީ މުހައްމަދު ޖަމީލު ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އަލީ ސާލިހަށް ހަމަލާދިން މިހާ އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ވަޒީފާދިންއިރު އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން އެނގިފައި ނުވާކަމަށްވެސް އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.
އަލީ ސާލިހަށް ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު