އެންމެ ތޫނުފިލި ދަރިވަރުން މުދައްރިސުންނަށްވުމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ގޮވާލައްވައިފިއެވެ.
ސާނަވީ އިމްތިހާނުތަކުންނާއި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލު ކުރާ ދަރިވަރުން ފާހަގަކޮށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ރަނގަޅު މުދައްރިސުން ނުއުފެއްދޭނަމަ، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން މަދުވާނެ ކަމަށެވެ. އެހެންކަމުން އެންމެ ތޫނު ފިލި، އެންމެ ޚުލްގު ރަނގަޅު ދަރިވަރުން މުދައްރިސުންނަށް ވުމަށް ޑރ. އައިޝަތު ޢަލީ ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މީގެ ސާޅީހަކަށް އަހަރު ކުރިން މުދައްރިސްކަމަކީ ގަދަރުވެރި ރަނގަޅު ވަޒީފާއެއްގެ ގޮތުގައި ދިވެހިން ދުށް ކަމަށެވެ. ނަމަވެސް އެހެނިހެން ދާއިރާތަކުގެ މުސާރަ އެތައް ގުނައަކުން މަތިވުމުގެ ސަބަބުން ގިނަ ބަޔަކު މުދައްރިސްކަމާ ދުރަށް ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ނަމަވެސް މިކަން މިހާރުވަނީ އިސްލާހުކުރެވިފައި. މުދައްރިސުންގެ މޫނުމައްޗަށް ބޮޑު ހިނިތުންވުން ގެނުވި މުސާރައިގެ ބޮޑު ކުރިއެރުމެއް ވަނީ މިއަހަރުތެރޭގައި ގެނެސްފައި." މިނިސްޓަރ ވިދާޅުވިއެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް މިސަރުކާރުން ވަނީ ވަރަށް ބޮޑަށް ހުޅުވާލާފައިކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ތައުލީމުގެ ހަރުފަތްތައް ދަރިވަރުން ގިރާކުރުމަށް އަޒުމުކަނޑައެޅުމަށްވެސް މިނިސްޓަރ ރޭގެ ރަސްމިއްޔާތުގައި ގޮވާލައްވާފައިވެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މުދައްރިސުންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުއްލަވާ ބައެއްކަމަށެވެ. އަދި މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމަށާއި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މުދައްރިސުންނަކީ ޢަމަލުތައް އިޙްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ މަޢުޞޫމްކަމާއި ޢިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު