ދަރިވަރަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކިކަމަށް ބުނެ ހުޅުމާލޭގައި ބަޔަކު މީހުން އަނިޔާކުރި ޓީޗަރުގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނުކަމުގެ ތުުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަހުގެ 23 ވަނަ ދުވަހުގެރޭ ބަޔަކު ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެކަމާގުޅިގެން ފުލުހުން ވަނީ އަނިޔާ ލިބުނު 29 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރުގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިއްޔެ 05 ދުވަސް ދީފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބަދުއަހުލާގީ ވީޑިއޯއެއް ދެއްކިކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް މިދިޔަ ހަފުތާގައި ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައިކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ގާޒީ ސްކޫލްގެ ޓީޗަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލަ ހުށަހެޅީ މި މަހު 17 ގައި ކަމަށެވެ. އަދި އެމައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން