މި ސަރުކާރުން ޒުވާނުންނާއި ތައުލީމީ ދާއިރާއަށް ވަނީ އިންޤިލާބީ ބަދަލެއް ގެނެސްފައިކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރީޖަނަލް އެއަރޕޯޓްގެ ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމު ބިނާ ކުރެވޭނީ ތައުލީމީ ޖީލް ތަކެއް އުފައްދައިގެންކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ދިވެހި ޒުވާނުންނާއި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައި ސަރުކާރެއްކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ސާލިހުގެ ޑިގްރީ ޕްރޮގްރާމްއަކީ މަތީ ތައުލީމް ހާސިލްކުރުމަށް ހުރަސް އެޅިފަ ތިބި އެތައް ދިވެހި ރައްޔިތުނަށް ލިބިގެން ދިޔަ އުފާވެރި ކަމެއްކަމަށެވެ.

"ދުނިޔެ އަށް ދިމާވި ދަތި އުނދަގޫ ހާލަޠުގައިވެސް ރައީސް ސާލިހުގެ ސަރުކާރުން މަތީ ތައުލީމާއި އަދި އަސާސީ ހިދުމަތަކަށް ބުރުލެއް ނާރުވާ މިހިސާބަށް މިޤައުމު ގެނައުމުގައި އެޅި ހަރުދަނާ ސިޔާސަތު މިއަދު ދަނީ ފެންނަމުން" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިހާރު ފެނިގެން މިދަނީ ފަނާ ކުރި 5 އަހަރަށް ފަހު ބިނާ ކުރުވަނި 5 އަހަރުކަމަށެވެ. ނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައް ތަކެއް އެބަހުރިކަމަށާއި، ހާއްސަކޮށް ސަރުކާރު އެސްއޯއީ ހިންގުން ހަރުދަނާ ކުރަން ޖެހޭކަމަށް ސައުދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު