ޕްރިޒަންސް އޮފިސަރުންތަކެއް: ރައިޑް ޖަހާ އޮފިސަރުން ގައިގައި ބޮޑީ ކެމް ހަރުކުރުމަށް ވަނީ ނިއްމާފަ
ޕްރިޒަންސް އޮފިސަރުންތަކެއް: ރައިޑް ޖަހާ އޮފިސަރުން ގައިގައި ބޮޑީ ކެމް ހަރުކުރުމަށް ވަނީ ނިއްމާފަ
ޖަލުތައް ބަހަައްޓާ ޕްރިޒަންސް އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ވިދާޅުވީ، ޖަލުގައި އޮފިސަރުން ހިންގާ ރައިޑް ތައް މޮނީޓާ ކުރުމުގެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެފަދަ ރައިޑްތަކުގައި ބައިވެރިވާ އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމަށް ނިއްމައިފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމާއި ގުޅޭގޮތުން ފުލުހުންނާއި ވެސް ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަކީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނައި އެކަމަށް ބޭނުންވާ ތަކެތި ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ ގޮތަކަށް އެ އެއްޗެހި ގެނައުމުގެ މަސައްކަތް ކުރުމަށް މި ވިސްނަނީ. މިއަހަރުގެ ތެރޭގައި ވިސްނައިގެން މިތިބީ ޕައިލެޓް ޕްރޮޖެކްޓެއްގެ ތެރެއިން ކޮންމެ ވެސް މިންވަރެއް އޮފިސަރުންނަށް ބޭނުންކުރަން ގެނެވޭނެ ކަމަށް. މިމަސައްކަތަކީ މިހާތަނަށް ޕްލޭން ކުރެވިފައިވާ މަސައްކަތަކަށް ނުވާތީ، އިރާދަކުރެއްވިޔާ 2021 ވަނަ އަހަރު ފެށޭއިރު ބަޖެޓްގައި މިބައި ހިމަނަައިގެން އިތުރަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނަން. މިއަހަރު ތެރޭގައި މިމަސައްކަތް ޕައިލެޓްކޮށް ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކޮށް މިކަހަލަ އިންސެޑެންޓްތަކުގައި މޮނީޓާކުރެވޭނެ ނިޒާމެއް ގެންނާނަން" ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ޖަލުގައި ޖަހާ ރައިޑްތަކުގައި އޮފިސަރެއްގެ ފަރާތުން ގައިދީއަކަށް އަނިޔާވެއްޖެނަމަ ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް ތަނުގައި މިފަދަ ހާލަތްތަކުގައި އޮފިސަރުން އަމަލުކުރާނީ ވަރަށް ޕްރޮފެޝަނަލްކޮށް. އެއްވެސް މީހަކަށް އަނިޔާނުވާ ގޮތަށް، އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ގަސްތުގައި އަނިޔާ އެއް ދޭކަށް. އެފަދަ ކަމެއް ހިގާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަން މިތިބީ ތައްޔާރަށް." ކޮމިޝަނަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ތިމަންނަ

16-Jun-2020

ކޮންމެސް ކޮންމެސް " ތިރީބައި" ގައި ކެމެރާ ހަރު ނުކުރައްވާތި , މިހާރުގެ ކަންތައްތައް ދާ ގޮތުން ހަމަ ބުނެލެވުނީ.....



ޓްރެންޑިން