ކުދި ވެލާތައް ސަލާމަތްކޮށް މޫދަށް ދޫކޮށްލަނީ
ކުދި ވެލާތައް ސަލާމަތްކޮށް މޫދަށް ދޫކޮށްލަނީ
ވާރޭވެހި ފެން ބޮޑުވެފައި އޮތުމުން މަގު އޮޅިގެން މ.މުލީ ރަށުތެރެއަށް އެރި ކުދި ވެލާތަކަކަށް އެހީތެރިވެދީ އެސޮރުމެންނަށް ފުލުހުން ހިމާޔަތްދީފިއެވެ.

ވެލާ ބިސްވަޅަކުން ނުކުތް ކުދި ވެލާތަކަށް މަގުއޮޅި ރަށުތެރެއަށް އެރެން މެދުވެރިވީ ވާރޭވެހިގެން މަގުގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށް ކަމަށް ޝޯޝަލް މީޑިޔާގައި ދައުރުވާ ވީޑީއޯ އިން ފެނެއެވެ. މ.މުލިން ވާހަކަދެއްކި މީހަކު ބުނީ، ވެލާތައް މަގުމަތީގައި އުޅޭތަން ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން، މަގުމަތިން ވެލާތައް ހޮވައި ނަގައިގެން ގެންގޮސް މޫދަށް ދޫކޮށްލާފައި ވާކަމަށެވެ

ޝޯސަލް މީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަނީ ވަރަށް ގިނަ އަދަދެއްގެ ކުދި ވެލާތަކެއް މަގު އޮޅިގެން މ.މުލީ ރަށުތެރެއަށް އަރައިގެން އަންނަ މަންޒަރެވެ. ވީޑީއޯ އިން ފެންނަ ގޮތުން ވެލާތައް އަރައިގެން އަންނަނީ މ.މުލީ ސިއްހީ މަރުކަޒާ ދިމާއިންނެވެ. އެސަރަހައްދަށް ގިނަ އަދަދެއްގެ ކުދި ވެލާތައް އަރައިގެން އަންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.



ސިއްހީ މަރުކަޒާ ދިމާއިން އެރި ކުދި ވެލާތައް ނެގުމުގެ މަސައްކަތް މ.މުލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ކުރާ މަންޒަރު އެ ވިޑިއޯއިން ފެނެއެވެ.

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ވެލާ ހިފުމާއި ވެލާގެ ބިސްކެއުމާއި އެ ސޮރުމެންނަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން