ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުންތަކެއް އިންޑިއާއިން ތަމްރީނުކުރާތީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
ޖުޑިޝަރީގެ މުވައްޒަފުން އިންޑިއާއިން ތަމްރީނުކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނާ (ޖޭއެސްސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މި މަހުގެ 23 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
އެކަމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ އިންޑިއާއިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުންތަކެއް ތަމްރީނުކުރާތީ އެކަމުގެ ފެންވަރާ މެދު ސުވާލު އުފައްދަވައި އެކަމަށް ފާޑުވިދާޅުވެފައެވެ.
"މިއީ ކިހާ ވަރެއްގެ ފައިދާއެއްވާނެ ކަމެއް ކަމެއް ނޭނގޭ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ޝަރުއީ ދާއިރާއިން ބަލާއިރު މާ ފާހަގަކުރެވޭ ގައުމެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން 2020 ގައި ޖޭއެސްސީއާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. މިމަހުގެ 23 ވަނަ ދުވަހު ސޮއިކުރި އެއްބަަސްވުމުގެ ދަށުން ރާއްޖޭހެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.
އާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީން ކުރާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

Am not sure how this would benefit our judiciary. India is not known for an efficient judiciary. https://t.co/1sFl1P39F6
— Ahmed Muizzu (@AhmedMuizzu) August 23, 2022
މުއިއްޒު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ޝަރުއީ ދާއިރާއިން ބަލާއިރު މާ ފާހަގަކުރެވޭ ގައުމެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން 2020 ގައި ޖޭއެސްސީއާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދުވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. މިމަހުގެ 23 ވަނަ ދުވަހު ސޮއިކުރި އެއްބަަސްވުމުގެ ދަށުން ރާއްޖޭހެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.
އާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީން ކުރާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު