ހދ. ނޮޅިވަރަންފަރުގައި ގޭސް އުނދުނަކުން ގޭސް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަނިޔާވީ 32 އަހަރުގެ އަންހެނަކާއި އޭނާގެ 2 އަހަރުގެ ދަރިފުޅަށެވެ. އަދި އެ މީހުން އިތުރު ފަރުވާއަށް ކުޅުދުއްފުށި ސިޓީއަށް ގެންގޮސްފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެއެވެ.

ދެމައިންގެ ހާލު ރަނގަޅު ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ. އަދި އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ގެއަށް މާ ބޮޑު ގެއްލުންތަކެއް ލިބިފައި ނުވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ގޭސް ފުޅި ނުވަތަ ގޭސް ލީކުވެގެން ހިނގާ ހާދިސާތައް މިފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިމަހު ގދ. ރަތަފަންދޫގައިވެސް ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ވަނީ ހިންގާފައެވެ. އެ ހާދިސާގައި އަނިޔާވި 53 އަަހަރުގެ އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މި މަހު 20 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

ދެރަ

25-Feb-2023

ގޭސް ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދެމެވެ.



ޓްރެންޑިން