ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.
ޝާހިދުގެ މި ދަތުރުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، އދ. ގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާނެއެވެ. ހަމައެއާއެކު އދ ގައި އިންޑިއާ އަދާކުރާ ދައުރުގެ މައްޗަށް އިންޑިއާ ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާއެކު މަޝްވަރާ ކުރަށްވާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރާއި، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަތުރާއާ ބައްދަލުކުރައްވާނެއެވެ. ހަމައެއާއެކު އިންޑިއާގައި ހަރަކާތްތެރިވާ އދ.ގެ އިސް ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންފައިވާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ އިންޑިއާގައެވެ.
މިނިސްޓަރ ޝާހިދާއި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށެވެ. އަދި ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް މިނިސްޓަރ ޝާހިދުގެ ރުކުންތައް ހަމަވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Arrived in New Delhi!
— Abdulla Shahid (@abdulla_shahid) August 28, 2022
Warmly received by @MEAIndia Joint Secretaries: Prakash Gupta - UNP & Kartik Pande - IOR
Look forward to productive engagements:
👉call on Vice President H.E. Jagdeep Dhankhar
👉meeting with Foreign Secy @AmbVMKwatra
👉meeting with UNCT led by @ShombiSharp pic.twitter.com/jANx2aWpGJ
އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގެންފައިވާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ އިންޑިއާގައެވެ.
މިނިސްޓަރ ޝާހިދާއި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށެވެ. އަދި ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް މިނިސްޓަރ ޝާހިދުގެ ރުކުންތައް ހަމަވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު