އަންނަ އަަހަރުގެ ރިޔާސީ އިންތިހާބު ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން އިޢާދަކުރެވޭނޭ ގޮތެއް ހޯދަންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގެ އިރު އަރަން ކައިރިވަމުންދާއިރު ރައްޔިތުން ވިސްނަންވީ އެއް ކަމަކީ ރާއްޖޭގެ އިޖުތިމާޢީ ގޮތުން ހަލާކުވަމުންދާ މުޖުތަމަޢުގެ ފޭރާން އިޢާދަ ކުރެވޭނޭ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ހަމައެކަނި މާއްދިއްޔަތުގެ މައްޗަށް ޤައުމުގެ މިޞްރާބު ހުރެއްޖެނަމަ ޤައުމު ފަނާވެދާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު، ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނީ ކޯލިޝަނަކުންތޯ ނުވަތަ ވަކިވަކިންކަމެއް ނޭނގެއެވެ. ބޮޑެތި ޕާޓީތަކުގެ ތެރެއިން ރިޔާސީ ކެނޑިޑޭޓް ކަނޑައެޅީ ޕީޕީއެމްއިން އެކަންޏެވެ. އެމްޑީޕީން ތައްޔާރުވަމުން ދަނީ އަންނަ އޮކްޓޫބަރުމަހު ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.

އެހެން ޕާޓީތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްވެސް ގެންދަވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއްކުރަމުންކަން ފާހަގަަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު