ދަރިމައިނުވުމުގެ މައްސަލައަށް ޙައްލު ހޯދަންވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގައި ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ ރައްޔިތުންނަށް އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާ ކުރެވޭނެ ފަސޭހަ ގޮތެއް ހިމެނުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާ ގުޅިގެންނެވެ. މި ޤަރާރު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.
ޤަރާރުގެ ބަހުސްގައި ނާޒިމް ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލަ ދިމާވުމުގައި އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެގޮތަށްހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ކޮންމެ ކަމަކީ ދަޢުލަތުގެ އިންޝުއަރެންސްގެ ތެރެއިން ޙައްލުހޯދާ ކަމަކަށް ހެދުމަކީ ރައްޔިތުންނާއި ޤައުމަށްވެސް އެންމެ މަންފާހުރިގޮތް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިކަމަށް އިންޝުއަރެންސްގެ ތެރެއިން ރާއްޖޭން ބޭރަށް ދިއުމަށް ވުރެ ބޮޑަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް." އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައިހުރި އަމިއްލަ ހޮސްޕިޓަލްތަކަށް މިފަދަ ފަރުވާތައް ކުރެވޭނޭ މަގު ސަރުކާރުން ފަހިކޮށްދިނުމަކީ އެންމެރަނގަޅުގޮތް ކަމަށާއި އާސަންދައިގެ ތެރެއިން ރާއްޖޭން ބޭރަށް އިތުރު ފައިސާ ޕަންޕު ކުރުމަކީ ޙައްލެއްނޫން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ އަސާސީ ބައެއް ބޭސްތައް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ފަރުވާވެސް ރާއްޖޭން ހޯދުމަށް ތަފާތު ދަތިތައް ކުރިމަތިވާކަމަށެވެ.
މި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އަދި ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާއަށް އާސަންދައިން ޖުމްލަ ޙައްލެއް ހޯދައިނުދެވުނު ނަމަވެސް އެކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ. އެގޮތުން ދުނިޔޭގެ ބައެއް އެހެން ގައުމުތައް ފަދައިން އައިވީއެފްގެ ވަކި ބައެއް އާސައިންދައިގެ ދަށުން ކަވަރު ކުރުމަކީ އެންމެ ރަނގަޅުގޮތެއްކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

ދަރިމައިނުވުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކަށް ދިމާވެފައިވާ މައްސަލައެއް އަދި މިކަމަށް އިންސުއަރެންސްގެ ތެރެއިން ރާއްޖޭން ބޭރަށް ދިއުމަށް ވުރެ ބޮޑަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް - އެމްއެންޕީގެ ރައީސް ނާޒިމް pic.twitter.com/jy35TmLCFI
— Maldives National Party (@MNP_Secretariat) August 30, 2022
ނާޒިމް ވިދާޅުވީ ރާއްޖޭގައިހުރި އަމިއްލަ ހޮސްޕިޓަލްތަކަށް މިފަދަ ފަރުވާތައް ކުރެވޭނޭ މަގު ސަރުކާރުން ފަހިކޮށްދިނުމަކީ އެންމެރަނގަޅުގޮތް ކަމަށާއި އާސަންދައިގެ ތެރެއިން ރާއްޖޭން ބޭރަށް އިތުރު ފައިސާ ޕަންޕު ކުރުމަކީ ޙައްލެއްނޫން ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ އަސާސީ ބައެއް ބޭސްތައް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ފަރުވާވެސް ރާއްޖޭން ހޯދުމަށް ތަފާތު ދަތިތައް ކުރިމަތިވާކަމަށެވެ.
މި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އަދި ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާއަށް އާސަންދައިން ޖުމްލަ ޙައްލެއް ހޯދައިނުދެވުނު ނަމަވެސް އެކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ. އެގޮތުން ދުނިޔޭގެ ބައެއް އެހެން ގައުމުތައް ފަދައިން އައިވީއެފްގެ ވަކި ބައެއް އާސައިންދައިގެ ދަށުން ކަވަރު ކުރުމަކީ އެންމެ ރަނގަޅުގޮތެއްކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު