ރިޔާސީ ނިޒާމްގައި ވެރިއަކު އިންތިޚާބުކުރުމަށް ރައްޔިތުންނަށް ލިބޭ ބާރު ދޫކޮށްލަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ ނިޒާމުން ސީދާ ރައްޔިތުންގެ ވޯޓަކުން ވެރިއަކު އިންތިޚާބު ކުރަން ފުރުސަތު ލިބިގެންދާއިރު އެ ފުރުސަތު ނަގާލަން ރައްޔިތުން ބޭނުންވާނެ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ރައްޔިތުމީހާ އަށް ސަރުކާރުގެ އެންމެ އިސް ވެރިޔާ ސީދާ ވޯޓަކުން އިންތިޚާބު ކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ރިޔާސީ ނިޒާމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ސީދާ ސަރުކާރު އެކުލަވާލުމުގައި ރައްޔިތުމީހާ އަށް ބަސްބުނުމުގެ ފުރުސަތު 5 އަހަރުން އެއް އަހަރު މި ލިބެނީ ރިޔާސީ ނިޒާމްގައި، ރައްޔިތުމީހާ އަށް އޮތް ބާރަކީ ވަރަށް މުހިންމު ބާރެއް." ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން މެމްބަރުން ވިސްނާނަމަ އެންެމެ ރަނގަޅީ ބަރުލަމާނީ ނިޒާމް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުމީހާ އަށް އޮތް އެންމެ މުހިންމު ބާރު އަދި އޭނާގެ ގާތަށް ވެރިމީހާ ވޯޓު ހޯދަން އަންނަން އޮތް ހަމައެކަނި ފުރުސަތު އަދި އިސްވެރިޔާ ކަނޑައެޅުމަށް ބަސްބުނުމަށް ލިބިފައި އޮތް ފުރުސަތު ދޫކޮށްލަންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ޝަރީފަކީ ރައީސް ޞާލިހުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ތާޢީދު ކުރައްވާ ވަކާލާތު ކުރައްވާ ބޭފުޅަކަށް ވާއިރު އޭނާ މިމޭރުމުން ވާހަކަ ދެއްކެވުމުން ދޭހަވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރައްވާކަމެވެ.
ރައީސް މައުމޫން ކުރިއަށް ގެންދެވި ރިފޯމް އެޖެންޑާގެ ދަށުން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނެގި ވޯޓުގައި ރައްޔިތުންގެ ތާއީދު ލިބުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު