މި ސަރުކާރުން 17.5 މިލިއަން ރުފިޔާގެ ލެޕްޓޮޕާއި ކޮމްޕިއުޓަރ ރަށްރަށަށް ފޮނުވާފައިވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރަށްރަށުގެ ސްކޫލްތަކަށް ކޮމްޕިއުޓަރާއި ލެޕްޓޮޕް ގަތުމަށް 17.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

"ޖުމްލަ ގޮތެއްގައި 2019 އިން ފެށިގެން މިހާތަނަށް 17.5 މިލިއަން ރުފިޔާ އަޅުގަނޑުމެންވާނީ ޚަރަދުކޮށްފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ސްކޫލްތަކުގެ ކޮމްޕިއުޓަރުތައް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ އެކަން ޙައްލު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން 862 ކޮމްޕިއުޓަރާއި 420 ލެޕްޓޮޕް ގަނެ މިހާތަނަށް ސްކޫލްތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރ މިއަދު ވިދާޅުވީ ސްކޫލްތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރުތައް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކޮށްދެނީ ސްކޫލްތަކުން އެކަމަށް އެދުމުން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ކުދި އަދި ބޮޑެތި އާބާދީއަށް ބަލައިގެން ނޫން ކަމަށާއި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭއިރުވެސް އެކަންކަމަށް ނުބަލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


6

ސޯދު

25-Feb-2023

ކާކައްލިބުނީ



ޓްރެންޑިން