ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝަށް ނިސްބަތްވާ އަލަމްގީރު 7 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއަކަށް އޭނާ އިއުތިރާފު ވުމުންނެވެ. ދަޢުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުމަކީ އަލަމްގީރު އިއުތިރާފު ދަމަހައްޓާފައިވާތީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ޤާޟީ އަލީ އާދަމް ވަނީ، 7 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރައްވާފައެވެ. އަދި އޭނާއަށް ޝަރީއަތުން ވަނީ ތައުބާ ލައިދީފައެވެ.
އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ގާނޫނުލް އުގޫބާތުގެ ދަށުން އުފުލާ ދައުވާތަކަށް އެންމެ ބޮޑު އަދަބަކަށް އަންނާނީ ނުވަމަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.
އަލަމްގީރުގެ ތަހުގީގު ބަޔާންތައްވެސް ލީކު ކޮށްލާފައިވާއިރު އެ ބަޔާނުގައި އަލަމްގީރުވަނީ އޭނާ ރާއްޖެއައިސް ފުރަތަމަ ކުރި މަސައްކަތާއި އޭނާ އެއްޖިންސުން ގުޅުން ހިންގަން ފެށިގޮތް ކިޔާދީފައެވެ. އަދި ރާއްޖޭގައި އޭނާ އެކަން ކުރަން ފެށިގޮތާއި، ވީޑިއޯތައް ރެކޯޑުކުރި ގޮތްތައްވެސް އޭނާ ވަނީ ކިޔައިދީފައެވެ.
ބަޔާނުގައި އޭނާ ބުނެފައިވަނީ، 45 އާއި 50 އާއި ދެމެދުގެ އަދަދަކަށް އޭނާގެ ފޯނުގައި ވީޑިއޯ ރެކޯޑު ކޮަށްފައި ހުންނާނެކަމަށެވެ. އަދި އެ ވީޑިއޯތައް ލީކުކޮށްފައި އެވަނީ އޭނާގެ ފޯނު ބަޔަކު ވަގަށް ނަގައިގެން ކަމަށްވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައި އަލަމްގީރު ބުނެފައިވަނީ ގިނަބަޔަކާއެކު ގުޅުންހިންގި ނަމަވެސް އޭނާ ހަނދާން ހުންނަނީ، މަދުބައެއް ކަމަށާއި އަދި އެމީހުންގެ ވަނަވަރުވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ތިން މީހަކަށް ދަޢުވާ އުފުލާފައިވެއެވެ. އެއީ ޤާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރާއި ކުރީގެ މެންބަރު ނަޝީދުގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު