ދަރިވަރަކަށް ބަދުއަހުލާގީ ވީޑިއޯއެއް ދެއްކިކަމަށް ބުނެ ޓީޗަރަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ބަދުއަޚުލާޤީ ވީޑިއޯ ދެއްކި ކަމުގެ ތުުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެރޭ ބަޔަކު ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެކަމާގުޅިގެން ފުލުހުން ވަނީ އަނިޔާ ލިބުނު 29 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން މިއަދު ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ ޓީޗަރަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ އުމުރުން 35 އަހަރު ދިވެހި ފިރިހެނަކުވެސް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބަދުއަހުލާގީ ވީޑިއޯއެއް ދެއްކިކަމަށް ބުނާ މައްސަލައިގެ ތުހުމަތަށް މިދިޔަ މަހު 17 ގައި ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޣާޒީ ސްކޫލްގެ ޓީޗަރެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލަ ހުށަހެޅީ މިދިޔަ މަހު 17 ގައި ކަމަށެވެ. އަދި އެމައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓީޗަރަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފައިވާއިރު އިންސާފު ހޯދުމަށް ކަމަށްބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެކުރިންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން