ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިންޑިއާގެ "ދަ ޕްރިންޓް" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ޒަައާމަތުގެ ދަށުން ގެނެސްދީފައިވާ ތަރައްޤީ ދިވެހި ރައްޔިތުން ބަލައިގެންފައިވާކަމަށެވެ. އަދި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ. އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ކަންކަން ރައްޔިތުން ވަނީ ބަލައިގެންފައި." ޝާހިދު ވިދާޅުވިއެވެ.
ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަންނަވާނެކަމަށް ޝާހިދު ވިދާޅުވިއިރު ރައީސް ސާލިހު ވަނީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރަށްވާފައެވެ.
ރައީސް ސާލިހުގެ އިތުރުން، ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރަށްވާފައެވެ.
އެމްޑީޕީން ނިންމާފައިވަނީ އަންނަ އޮކްޓޫބަރުމަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު