ޔާޔާ ނަބީލް މިނިވަންކުރި ފަނޑިޔާރު ހުރި ޙާލަތެއް ބަލަން ޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާތީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ބަންދުން ދޫކޮށްލީ އިއްޔެ ހެނދުނުއެވެ.

އެކަމާ ގުޅިގެން މެމްބަރު ސަނީފް ވިދާޅުވީ ޔާޔާ ނަބީލް ދޫކޮށްލި ފަނޑިޔާރު ހުންނެވި ހާލަތު ދިވެހި ރައްޔިތުން ބަލަންޖެހޭކަމަށެވެ.

"މިހުކުމް އިއްވި ފަނޑިޔާރު ހުރީ ކިހިނެތް. ކޮން ހާލަތެއްގައިތޯ ބެލުން ދިވެހި ރައްޔިތުން ކުރަންޖެހޭ ކަމެއް." ސަނީފް ވިދާޅުވިއެވެ.

ނަބީލް ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

އޭނާ ބަންދުުން ދޫކޮށްލުމަށް ނެރެފައިވާ އަމުރުގައިވަނީ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް އެ އަމުރުގައި ވެއެވެ.

އަދި އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށާއި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީޒ، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ.

ބަރަހަނާ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި ޔާޔާނަބީލް މިދިޔަ އަހަރު ވެސް ހައްޔަރު ކުރިއެވެ. އެފަހަރު އޭނާ ދޫކޮށްލީ ދެމަސް ދުވަސް ވަންދެން މީސް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރަން ޝަރުތުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން