ވެރިކަމުގައި ހުންނަވައިގެން އެއްވެސް ރައްޔިތަކަށް އަނިޔާނުކުރާކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު، ރައީސް މައުމޫނަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފިއެވެ.
ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުންނަށް އަނިޔާ ކޮށްފައި ވާކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މީހުންނަށް އަނިޔާ ދިން ކަމަށް ބުނިނަމަވެސް، ކުށެއް ނުކުރާ މީހަކު ޖަލަށް ލާފައި ނުވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ރީކޯ މޫސަ ވިދާޅުވީ، ކަންކަން އޮޅުވާލުމަކީ ރާއްޖޭގައި ވެރިކަން ކޮށްފައި ފައިބާ ކޮންމެ މީހަކަށް ޖެހޭ ބައްޔެއް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް اللهގެ ރަސްކަންފުޅަށް އޮޅުވާނުލެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"މިރާއްޖޭގަ ވެރިކަންކޮށްފަ ފައިބާ ކޮންމެމީހަކަށް މި ޖެހޭބައްޔަކީ ރިޔާސީ ވައިރަހެއް ގަނޑުވަރުން އަރައިގެން ވާގޮތެއްބާވައޭހިތައްއަރާ؟ މައުމޫން އަބްދުލްޤައްޔޫމް، މާތްކަލާކޯ އިންތިޚާބެއް ކާރިވާއިރަށް ދުނިޔޭގަ ބައްދަން ނޫޅެބަލަ ﷲގެރަސްކަންފުޅަށް ކަންކަން އޮޅުވައެއްނުލެވޭނެ." ރައީސް މައުމޫނަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވެފައިވެއެވެ.
ރޭގެ ޕްރޮގްރާމްގައި ރައީސް މައުމޫން ވިދާޅުވީ، ހުކުމެއް ކުރުމުން އެ ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އަނިޔާނޫން ކަމަށެވެ. އަދި އެއީ އަދުލް އިންސާފު ގާއިމް ކުރުން ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
"ކޮބާތޯ އަނިޔާއަކީ. އަނިޔާއަކީ ގާނޫނާ ގަވައިދާއި ހިލާފަށް މީހަކަށް އުނދަގޫތަކެއް ޖެއްސުން. ގާނޫނުގައި ބުނާ ގޮތައް މީހަކު ޝަރީއަތައް ހުށައަޅައިގެން ޝަރީއަތައް އޭނާގެ ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރީމަ އެޖަލަށް ލުމަކީ ނުވަތަ އަރުވާލުމަކީ އަނިޔާއެއްތޯ. އެއީ އަނިޔާއެއް ނޫނޭ. އެއީ އަދުލު އިންސާފު." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ކޯޓަކުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވެ ޖަލަށް ލައިފިނަމަ އެއީ އަނިޔާކަމަށް މީހުން ކިޔާ ކަމަށާއި، އެހެން ނަމަވެސް އެއީ ޢަދުލުއިންސާފުކަން އެންމެނަށްވެސް ބުނެދޭންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު