ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ވީޑިއޯ ކޮންފަރެންސްކޮށް ފެށީ ކ. މާފުށީ ކޯޓަށް ލުތުފީ ހާޒިރުކޮށް، މައްސަލަ ބައްލަވާ ފަނޑިޔާރު މާލޭގެ ކްރިމިނަލް ކޯޓުގައި އިންނަވައިގެނެވެ.
ދައުލަތުގެ ވަކީލުން ގޭގައި ތިއްބަވައިގެން އަޑުއެހުމުގައި ބައިވެރިވެ ވަޑައިގެންނެވި އިރުމި މި ޝަރީއަތް އާންމުކޮށް ހުޅުވައިލުމުގެ ގޮތުން އަޑުއެހުން ބެލުމުގެ ފުރުސަތު އެކަމަށް އެދުނު މީހުންނަށް ވެސް ކޯޓުން ދީފައިވެއެވެ.
އަޑުއެހުން ފެށުމަށް ފަހު، ވަކީލަކު ބޭނުންވޭތޯ ސުވާލު ކުރުމުން ލުތުފީ ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި އެ ފުރުސަތު ހޯދައި ދިނުމަށް ކޯޓުން ކަރެކްޝަނަލް ސާވިސް އަށް އަންގަން އެދޭ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދީ، ވަކީލު ހަމަޖައްސަން ލުތުފީ އަށް ފޯނު ކޯލް ދިނުމަށް ކޯޓުން ކަރެކްޝަންސް އަށް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.
އަޑުއެހުން ފެށުމަށް ފަހު، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ލުތުފީ ދެކޮޅު ހަދަންތޯ ލުތުފީ ކައިރިން ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި އޭނާ ބުނެފައިވަނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ވަކީިލަކާ އެކު ދެން އޮންނަ އަޑުއެހުމެއްގައި ލުތުފީ ދައުވާ އަށް ޖަވާބުުދާރީވާން ޖެހޭނެ ކަން އޭނާ އެންގެވުމަށްފަހުއެވެ.
ލުތުފީގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އޭނާއަށް ހައި ކޯޓުން އިއްވި ހުކުމާ ގުޅިގެން އޭނާ ޖަލުގައި ހުއްޓައި ވަގުތީ ހުއްދައެއްގެ ދަށުން 2010 ވަނަ އަހަރު އެއް އަހަރު ދުވަހުގެ މުއްދަތަށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން މިދިޔަ އަހަރާ ހަމައަށް އޭނާ ދައުލަތުގެ އިދާރާތަކަށް އެންގުމެއް ނެތި ރާއްޖެއިން ބޭރުގައި އުޅެފައިވާ ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން ލުތުފީގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އޭނާގެ މައްޗަށް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ކުށަށް އިއުތިރާފް ވެއްޖެ ނަމަ އަދަބު އެއަށް ވުރެ ވެސް ލުއިކުރުމުގެ ފުރުސަތު އެބައޮތެވެ.
3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން މަރުވި އެ ހާދިސާއާ ގުޅިގެން ލުތުފީގެ އިތުރުން އިތުރު ބައެއް ދިވެހިންގެ މައްޗަށް އޭރުގެ ހައި ކޯޓުން މަރުގެ ހުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވަނީ އެ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފަ އެވެ. އެކަމަކު 2010 ވަނަ އަހަރު ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ.
މިދިޔަ އަހަރު ލުތުފީ ރާއްޖެ ގެނައީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ އަމިއްލައަށް ގޮސް އުޅެނިކޮށް އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކައި ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ. އޭނާ އެމްބަސީ އަށް ގޮސްފައިވަނީ އެގައުމުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިފައިވަނިކޮށް ގޮތް ހުސްވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު