ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ހުވަފެން ދައްކަވާ ބޭފުޅެއް ނޫންކަން ސާބިތުވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރީޖަނަލް އެއަރޕޯޓްގެ ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ގދ ރަތަފަންދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތް ކުރަށްވައި ސަޢުދު ވިދާޅުވީ ރަތަފަންދޫ ރައްޔިތުންނަށް މިއަދަކީ އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ދިގު އިންތިޒާރުގެ ނިމުން ފެށި ދުވަސް ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
ހަމައެއާއެކު މިއީ ހިތްދަތިކަމާއި ކެކުޅުންތަކަށް ތަސައްލީއެއް ލިބިގެންދިޔަ ދުވަހެއް ކަމަށާއި ރައްޔިތުންނަށް އެމީހުންގެ އިހުސާސް ދަންނަ ރައީސަކު ޤައުމުގައި ހުރިކަން ޔަގީންވި ދުވަސް ކަމަށް ސައުދު ވިދާޅުވިއެވެ.
"ރައީސް ޞާލިޙް ވީ ވަޢުދަކީ ހުވަފެނެއް ނޫންކަން މިވަނީ ސާބިތުކޮށް ދެއްވާފައި." ސަޢުދު ވިދާޅުވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ ރަތަފަންދޫ ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަވަސް ވެވޭނެ ގޮތެއް ވާން ޖެހޭ ކަމަށެވެ. އަދި ރަތަފަންދޫގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރާއި އެމްޓީސީސީން ވެދޭ އެހީތެރިކަމަށްޓަކައި ސައުދުވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

ނޫންކަން މިވަނީ ސާބިތު ކޮއް ދެއްވާފަ.މިމަސައްކައް މިހާ ބާރު ސުޕީޑްގަ ގެންދިއުމުގެ މިނިސްޓިަރ @iameeru ވެދެއްވި އެހީތެރިކިމައް ޝުކުރުދަންނަވަން .އަދި އެމްޓީސިސި @adamazim އައްވެސް ޝުކުރު ދަންނަވަން.ހަމަ މިޔާއެކީ ފެނާއި ނަރުދަމާ ގެ މަސައްކައް އަވަސް ވެވޭނެ ގޮތެއް ވާން ޖެހޭ.
— Saudulla Ahmed (@saudullaahmed1) September 3, 2022
ސައުދު އިތުރަށް ވިދާޅުވީ ރަތަފަންދޫ ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަވަސް ވެވޭނެ ގޮތެއް ވާން ޖެހޭ ކަމަށެވެ. އަދި ރަތަފަންދޫގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރާއި އެމްޓީސީސީން ވެދޭ އެހީތެރިކަމަށްޓަކައި ސައުދުވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު