ޕާކިންގ ޒޯނެއް ހެދުމަށް މާފަންނު ސަހަރާ ހުސްކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދީފިއެވެ.
މާފަންނު ސަހަރާ ހުންނަ ސަރަހައްދުގައި ޕާކިންގ ޒޯނެއް ހަދަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގުގައި ހުރި ޕާކިންގ ޒޯންތައް ނެގުމާއި ގުޅިގެން އިތުރު ޕާކިންގ ޖާގަ ހެދުމަށެވެ. ނަމަވެސް ޕާކިންގ ހަދަން ސަހަރާއިން ނަގާނީ ކިހާ ބޮޑުމިނެއްގެ ޖާގައެއް ކަމެއް ސާފެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެތަން ސާފުކޮށް ކޮންނަމުންދާއިރު ފެންނަ ގަބުރުތަކުގެ މިނިކަށިތައް ވަކިވަކިން ސާފުކޮށް ހުދު ފޮތިން ފަހާފައިވާ އުރައަކަށް އަޅަންޖެހޭނެކަމަށެވެ. އަދި ގަބުރު ފެންނަ ސަރަހައްދު ކޮނުމުގައި ބޭނުން ކުރަން ޖެހޭނީ އުދަލި ކަމަށާއި އެކްސްކަވޭޓަރު ފަދަ އާލާތްތައް ބޭނުން ނުކުރެވޭނެ ކަމަށްވެސް މިިނިސްޓްރީން ބުނެފައިވެއެވެ.
މާފަންނު ސަހަރާ ހުސްކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދީފައިވީ ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު