އަހުމަދު މަސްނޫމް   5 ސެޕްޓެމްބަރު 2022 - 15:32
ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން އަދާލަތު ޕާޓީން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފިއެވެ.

މިއީ އަދާލަތު ޕާޓީ ވަރުގަދަކުރުމަށް އެކަށައަޅާފައިވާ ޕްލޭނެކެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި މި ޕްލޭން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ އަގުލަބިއްޔަތުންނެވެ.



އަދާލަތު ޕާޓީން ބުނި ޕްލޭންގެ ފުރަތަމަ ޑްރާފްޓް މިއަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެކުލަވާލިއިރު މި ޕްލޭންގެ ބައިތައް ފައިނަލްކުރީ މިދިޔަ މަހުގެ 11 އިން 13 އަށް ރ. ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ވޯކްޝޮޕެއްގައިކަމަށެވެ.

އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު 8 ދާއިރާއަކުން ޕާޓީގެ ވަރުގަދަކުރުމަށެވެ. އެއީ އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެންބަޝިޕްއެވެ.

އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހިމެނޭ ކުދި ޕާޓީތަކުގެ ހިމެނޭ ޕާޓީއެކެވެ. ސަރުކާރުގެ ތެރޭގައި އެ ޕާޓީގެ ދައުރު އޮންނަނީ ވެރިކަން ލިބޭ ފަރާތްތަކާއެކު ހަދާ ކޯލިޝަންގެ ސަބަބުންނެވެ.

ސިޔާސީ ގޮތުން މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ އަދާލަތު ޕާޓީގެ މެމްބަރެއް މަޖިލީހުގައި ވެސް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން