2033 ވަނަ އަހަރު ރާއްޖޭގައި ވެރިކަންކުރާނީ ޢަދާލަތުޕާޓީން ކަމަށް އެޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން އަބްދުالله މިމޭރުމުން ވިދާޅުވެފައި މިވަނީ ޢަދާލަތުޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް 10 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ.
އިމްރާން ވިދާޅުވީ މާތްاللهގެ އިރާދަފުޅާއެކު 2033 ވަނަ އަހަރު ރާއްޖޭގައި ރައީސްކަން ކުރަށްވާނީ ޢަދާލަތުޕާޓީގެ ބޭފުޅެއް ކަމަށެވެ.
2033 ވަނަ އަހަރު ވެރިކަމަށް އައުމަށް ޢަދާލަތުން މަސައްކަތް ފަށާފައިވާއިރު އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު 8 ދާއިރާއަކުން ޕާޓީގެ ވަރުގަދަކުރުމަށެވެ. އެއީ އެތެރޭގެ ހިންގުމާއި، ގޮފި އަދި ދާއިރާތަކާއި، ޕަބްލިކް ރިލޭޝަނާއި، ޕާޓީގެ ސިޔާސަތާއި، އިންތިހާބުތަކާއި، ޕާޓީގެ މާލިއްޔަތާއި، ދާހިލީ އަދި ހާރިޖީ ގުޅުންތަކާއި ޕާޓީގެ މެންބަޝިޕެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހިމެނޭ ކުދި ޕާޓީތަކުގެ ހިމެނޭ ޕާޓީއެކެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް އަދާލަތުގައި ތިބީ 10،155 މެމްބަރުންނެވެ.
ރާއްޖޭގައި 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް ތަޢާރަފުވީފަހުން ޢަދާލަތަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުންވެސް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ. 2008 އިން ފެށިގެން ސަރުކާރުތަކުގެ ތެރޭގައި އެ ޕާޓީގެ ދައުރު އޮންނަނީ ވެރިކަން ލިބޭ ފަރާތްތަކާއެކު ހަދާ ކޯލިޝަންގެ ސަބަބުންނެވެ.

Maiy Allah iraadhakurehviyya 2033 vana aharu raajjeyge Raeeskan kurahvaanee @AdhaalathOffice ge beyfulheh. pic.twitter.com/Q4T5x0gvXq
— Imran Abdulla (@ShimranAb) September 5, 2022
2033 ވަނަ އަހަރު ވެރިކަމަށް އައުމަށް ޢަދާލަތުން މަސައްކަތް ފަށާފައިވާއިރު އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު 8 ދާއިރާއަކުން ޕާޓީގެ ވަރުގަދަކުރުމަށެވެ. އެއީ އެތެރޭގެ ހިންގުމާއި، ގޮފި އަދި ދާއިރާތަކާއި، ޕަބްލިކް ރިލޭޝަނާއި، ޕާޓީގެ ސިޔާސަތާއި، އިންތިހާބުތަކާއި، ޕާޓީގެ މާލިއްޔަތާއި، ދާހިލީ އަދި ހާރިޖީ ގުޅުންތަކާއި ޕާޓީގެ މެންބަޝިޕެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހިމެނޭ ކުދި ޕާޓީތަކުގެ ހިމެނޭ ޕާޓީއެކެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް އަދާލަތުގައި ތިބީ 10،155 މެމްބަރުންނެވެ.
ރާއްޖޭގައި 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް ތަޢާރަފުވީފަހުން ޢަދާލަތަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުންވެސް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ. 2008 އިން ފެށިގެން ސަރުކާރުތަކުގެ ތެރޭގައި އެ ޕާޓީގެ ދައުރު އޮންނަނީ ވެރިކަން ލިބޭ ފަރާތްތަކާއެކު ހަދާ ކޯލިޝަންގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ހިޔާލު