އިލެކްޝަންސް ކޮމިޝަނަށް ބޮޑު ބިމެއް ހުޅުމާލެއިން ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ބޮޑު ބިމެއް ހުޅުމާލެއިން ހަމަޖައްސާދީފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭނުން ކުރަމުންދިޔަ ބާ ޖަމާލުއްދީން ހުސްކުރުމާއި ގުޅިގެން ކޮމިޝަންގެ މަސައްކަތަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްއިން ވަނީ ޖާގައިގެ ދަތިކަމާއި ގުޅިގެން ސަރުކާރުގެ ކަމާއިގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޖާގައިގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއާއެކު ކުރެވުނު މަޝްވަރާގައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި ދެއްވާފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުޅުމާލެއިން ހަމަޖެއްސި ބިމަކީ 15،000 އަކަފޫޓުގެ ބިމެކެވެ. އީސީން މަސައްކަތް ކުރަމުންދަނީ ބިމުގެ ރަޖިސްޓްރީގެ ކަންކަން ހަމަޖެހުމާއިއެކު އިމާރާތުގެ މަސައްކަތް ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު