އިނގިރޭސި އައު ބޮޑުވަޒީރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރުކަމަށް ލިޒް ޓްރަސް ހޮވިވަޑައިގަތުމުން ތަހުނިޔާ އަރިސްކުރަށްވާ ކަމަށާއި، އެކަމަނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމަށް ޔަގީން ކުރަށްވާ ކަމަށެވެ.

އޭގެ އިތުރުން މީގެ ކުރިން އެކަމަނާއާ ދެމެދު ބަދަލުކުރެވިފައިވާ މުޢާމަލާތްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަންވެސް ރައީސް ނަޝީދުގެ މެސެޖުގައި ފާހަގަ ކުރަށްވާފައިވެއެވެ.



އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާފައިވަނީ އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުންނާއި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ލިޒް ޓްރަސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން އެ ޕާޓީގެ 81،326 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކަށް ލިބިވަޑައިގަތީ 60،399 ވޯޓެވެ. އެއާ އެކު ލިޒް ޓްރަސް ވަނީ ގައުމުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންފައެެވެ.



ކިޔުންތެރިންގެ ހިޔާލު