ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރުދިންކަމަށް ޔޫސުފް ނައީމް ވިދާޅުވިކަމަށް ޒިޔަތު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ވިދާޅުވީ ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް ޔޫސުފް ނައީމް ވިދާޅުވިކަމަށެވެ.
ޒިޔަތު މިއަދު ވިދާޅުވީ އާރަށުގެ އަގެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅުއްވީ 5 މިލިއަން ޑޮލަރު ކަމަށެވެ. ފަހުން އަދީބު ގުޅުއްވައި ރައީސް ޔާމީން ވިދާޅުވެގެންކަމަށްބުނެ 3 މިލިއަނަށް އަގު ކުޑަކުރި ކަމަށާއި އޭގެ ފަހުން 2 މިލިއަން ޑޮލަރަށް އަގު ކުޑަކުރި ކަމަށެވެ.
އާރަށުގެ މައްސަލާގައި ޒިޔަތާއި މުޢާމަލާތު ކުރަށްވަމުން ގެންދެވީ އަޙްމަދު އަދީބު ކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި އާރަަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަދީބާއި ޔޫސުފްނައީމާއި ޒިޔަތުގެ އޮފީހުގައި ބައްދަލު ކުރެއްވިކަމަށާއި 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދިންކަމަށް ޔޫސުފް ނައީމް ވިދާޅުވީ އެބައްދަލުވުމުގައި ކަމަށް ޒިޔަތު ވިދާޅުވިއެވެ.
"ޔޫސުފް ނައީމް ދެންނެވި އަދީބު ކައިރީގައި އެގްރީމެންޓް ކަންތައް ނިންމާލެވުނީމަ ރައީސް ޔާމީން ވަރަށް ހިތްހަމަޖެހޭނެ ކަމަށް. އެއީ 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައި ވާނެކަމަށް." މިއަދުގެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ސުވާލުކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލުންނާއި ޔޫސުފް ނަޢީމްގެ ވަކީލުންވެސް ސުވާލު އުފެއްދެވީ ޒިޔަތާއެކު ދަޢުލަތުން އެކުލަވާލާފައިވާ އެއްބަސްވުން އުވާލި ސަބަބާމެދުގައެވެ. އެގޮތުން އެއްބަސްވުމުގައި ނުރައްކާތެރި ވާހަކަތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭކަމަށް ނިއުސް އާޓިކަލަކާއި ޙަވާލާދެއްވައި ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވިއެވެ.
ޒިޔަތާއެކު ދަޢުލަތުން ވެފައިވާ އެއްބަސްވުން އުވާލި ސަބަބާމެދު ދިފާޢުން ޒިޔަތާއި ކުރި ސުވާލުތަކަށް ދަޢުލަތުން އިއުތިރާޒު ކުރެއްވުމުން ދިފާއުން ވަނީ ޒިޔަތާއި އިތުރު ސުވާލު ކުރުމަށް ދެކޮޅުހަދާފައެވެ. އަދި ހެއްކާމެދު އިއުތިރާޒު ކުރުމަށް އޮންނަ މަރުޙަލާ މިހާރު ނިމިފައިވާކަމަށް ޤާޟީވެސް ވިދާޅުވިއެވެ.
ޤާޟީ ޝަކީލް ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދަނީ ނިއުސް އާޓިކަލްތައް ފޮލޯ ކޮށްގެން ނޫންކަމަށާއި ޤާނޫނުތަކަށް ބަލައިގެން ކަމަށެވެ.
"ޖިނާއީ އިޖުރާތު ޤާނޫނު އެބައޮތް. ގަވާއިދު އެބައޮތް. ދެންވެސް އެއާއި ގުޅުންހުރި ޤާނޫނު އެބައޮތް. މިޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް މިދަނީ. އެހެންކަމުން އާޓިކަލެއް އޮންނަ ގޮތަކުން ހިނގަމުންދާ ޝަރީއަތަކަށް އަސަރު ކުރާނެކަމަށް ޝަރީއަތުން ނުދެކެން." ޤާޟީ ޝަކީލް ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ ދަޢުލަތުން ހުށައަޅާފައިވާ 7 ހެކިވެރިއެއްގެ ހެކިބަހެވެ. މި މައްސަލާގައި މިއަދު ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ހެކިބަސް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މެންދުރު 1:15 އަށެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު