ވ. އާރަށުގެ އަގު ކުޑަކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ އަގު ކުޑަކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށެވެ.
އަދީބު ވިދާޅުވީ މިމައްސަލާގައި ހިމެނޭ ޔޫސުފް ނައީމް އަދީބަށް ތައާރަފް ކޮށްދިނީ ރައިސް ޔާމީން ކަމަށެވެ. އާރަށަކީ އޭރުގެ ދަނޑުވެރިކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ކަމަށާއި އެރަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށް އެކަން ހަމަޖައްސަވައިދެއްވީ ރައީސް ޔާމީން ކަމަށެވެ.
އަދީބު މިއަދު ވިދާޅުވީ އާރަށުގެ އަގެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅުއްވީ 5 މިލިއަން ޑޮލަރު ކަމަށެވެ. ފަހުން ރައީސް ޔާމީން ވިދާޅުވެގެން 3 މިލިއަނަށް އަގު ކުޑަކުރި ކަމަށާއި އޭގެ ފަހުން 2 މިލިއަން ޑޮލަރަށް އަގު ކުޑަކުރި ކަމަށެވެ.
އަދީބު ވިދާޅުވީ ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ދިންކަމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޔޫސުފް ނައީމް ވިދާޅުވި ކަމަށެވެ. އޭގެއިތުރުން އާރަށުގެ ކަންތަކުގައި ހުރިހާ ކަމެއް މަހެއްހާ ދުވަހުގެ ތެރޭގައި ނިމިގެން ދިޔަކަމަށް އަދީބު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އަދީބާއި ސުވާލުކުރަން ލިބުނު ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލުންނާއި ޔޫސުފް ނަޢީމްގެ ވަކީލުންވެސް ވިދާޅުވީ އަދީބަކީ ޢަދުލުވެރިކަން ގެއްލިފައިވާ ހެކިވެރިއަކަށްވާތީ އޭނާއާއި ކުރާނެ ސުވާލެއް ނެތް ކަމަށެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ ދަޢުލަތުން ހުށައަޅާފައިވާ 8 ހެކިވެރިއެއްގެ ހެކިބަހެވެ. މި މައްސަލާގައި މާދަމާ ނެގުމަށް ހަމަޖެހިފައިވަނީ ދިފާޢުން ހުށައަޅާ ހެކިންގެ ހެކިބަސްކަމަށް ޝަރީޢަތުން މިއަދު ނިންމަވާފައިވެއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު