މާލޭގައި މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތް ހެދުން ވަނީ މަނާކޮށްފަ
މާލޭގައި މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތް ހެދުން ވަނީ މަނާކޮށްފަ
މިރޭގެ މަޣްރިބް ނަމާދަށްފަހު މާލެ ސަރައްދުގެ މިސްކިތްތައް ޢާއްމުކޮށް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މާލެ ސަރައްހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތައް މިރޭ މަޣްރިބް ނަމާދަށްފަހު ޢާއްމުކޮށް ހުޅުވާލި ނަމަވެސް މިސްކިތްތަކުގެ ރަސްމީ ޖަމާޢަތް ފެށުމަށް އަދި ނިންމައިފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ ސާކިއުލާގައި ބުނީ، މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅާ އެކު، ޖަމާއަތް ހެދުމަކާ ނުލައި މިސްކިތްތަކުގައި ނަމާދުކުރަން ހުޅުވައިލަން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭ އާއި ޓެގް ޓީމުން އަދި ދީނީ އިލްމުވެރިން ލަފާ ދީފައިވާ ކަމަށެވެ.

މިސްކިތްތައް ހުޅުވުމުގެ ހުއްދަ މި ދިނީ، ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ވަންދެން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހުއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ އެހެން ބައެއް ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސްވަނީ މާލެ ސަރަޙައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަރުޟު ނަމާދުތައް ޖަމާޢަތުގައި ނުކުރުމަށް ނިންމާފައެެވެ. މިގޮތަށް އެމިނިސްޓްރީން ފުރަތަމަ އަންގާފައިވަނީ މިދިޔަ މާޗްމަހުގެ 18ވަނަ ދުވަހުންފެށިގެންނެވެ.

ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ބަދަލުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ މުޖުތަމަޢުގައި ބަލި ފެތުރެން ފެށުމާއެކު މާލެއާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން އަންގާފައެވެ. އަދި ތިން ފަހަރެއްގެ މަތިންވަނީ މިމުއްދަތު އިތުރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން