ވ. އާރަށުގެ ޚިޔާނާތުގެ މައްސަލާގައި 1 މިލިއަން ޑޮލަރަށްވާ ފައިސާގުނައި ޔޫސުފް ނަޢީމާއި ޙަވާލުކުރުން ނޫންކަމެއް ހަނދާނުގައި ނެތްކަމަށް މާލެސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ޑޮލަރުގެ މުޢާމަލާތެއްގައި ހިމެނޭ ދިވެހި ރުފިޔާ ޔޫސުފް ނަޢީމާ ޙަވާލުކުރެއްވިކަމަށެވެ.
ޔޫސުފް ނައީމަކީ ކުރިންވެސް ބައްދަލުވެފައިވާ ދަންނަބޭފުޅެއް ކަމަށާއި ރައީސް ޔާމީނަކީވެސް 2013 ވަނަ އަހަރުންފެށިގެން ވަރަށް ގާތް ބޭފުޅެއްކަމަށް ނަރީޝް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ގުޅުއްވުމުން ދޫވެއްސަށްގޮސް 1 މިލިއަން ޑޮލަރަށްވާ ދިވެހިފައިސާ ރައީސް ޔާމީންގެ ޙާޟިރުގައި އަތުން ގުނައި ރައީސް ޔާމީން ސޮއިކުރެއްވި ރަސީދަކާއެކު ގެންގޮސް ޔޫސުފް ނައީމާ ޙަވާލުކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް މިއަދު ވިދާޅުވީ އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށާއި އެ ފައިސާ ޙަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށެވެ. ފައިސާ ޙަވާލު ކުރުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށާއި، އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ވިދާޅުވީ އެކަންކަން ހަނދާނުގައި ނެތްކަމަށެވެ. އެގޮތުން އޭރު ގެންގުޅުއްވި ފޯނު ނަންބަރުވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ ހެކިންގެ ހެކިބަސް މިއަދު ނަގަން ފަށާފައިވާއިރު މާދަމާ ނެގުމަށް ހަމަޖެހިފައިވަނީ ދިފާޢުން ހުށައަޅާ އިތުރު 3 ހެއްކެއްގެ ހެކިބަސްކަމަށް ޝަރީޢަތުން މިއަދު ނިންމަވާފައިވެއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު