ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ އަހުމަދު އައްުޔަންކޮށްފި އެވެ.

މިސަރުކާރުގައި ސައުދުﷲ އެންމެ ފުރަތަމަ ހުންނެވީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ޗެއާމަންގެ މަގާމުގަ އެވެ. ނަމަވެސް އެ ކުންފުނި އުވައިލުމުން ދެން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސައުދުﷲ މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ކަމަށް އެނގިފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ސައުދުﷲ އާ އެކު މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލް ޣަނީ އަދި ޝިމާޒް އަލީ އެވެ.



ކިޔުންތެރިންގެ ހިޔާލު