ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ނާއިބްރައީސް ޑރ. މުޙަންމަދު ވަހީދު
ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ނާއިބްރައީސް ޑރ. މުޙަންމަދު ވަހީދު
ރައީސް މުޙަންމަދު ނަޝީދުގެ ކުރީގެ ނައިބްރައީސަކީ ބަޣާވާތަކުން އެމްޑީޕީގެ ސަރުކާރު ބަދަލު ކުރައްވައި އިންތިޚާބުނުވެ ރައީސްކަންކުރެއްވި ބޭފުޅެއްކަމަށް ގިނަ ރައްޔިތުން ދެކޭތީ އެމަނިކުފާނު ފެނުމުން ވަރަށް ގިނަ މީހުންނަށް "ބާޣީ" އޭ ގޮވޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ އެކްޓިވިސްޓު ހިންގި އަމަލަށް ރައީސް ނަޝީދު ތާއީދު ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި ޑރ.. ވަހީދާ މަގުމަތިން މިއަދު މީހަކު ފުރައްސާރަކުރި މައްސަލައެއް ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ. މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަހީދު، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރައްވައި، އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެހެންކަމުން، ވަރަށް ގިނަ ދިވެހިން ކުރީގެ ނާއިބް ރައީސް ޑރ. ވަހީދު، ފެނުމުން "ބާޣީ" އޭ ގޮވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ޑރ. ވަހީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު ކަސްރަތު ކުރެއްވުމަށް ޑރ. ވަހީދުގެ ދެކަނބަލުން ނުކުމެ އުޅުއްވަނިކޮށް ދިމާކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ހަދާފައިވާ ކަމަށެވެ.



ކުރީގެ ރައީސް މައުމޫނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ރައީސް ޑރ. ވަހީދަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ އެކަން ކުރި މީހާގެ ދިފާއުގައި ވާހަކަ ދައްކައި އޭނާއަށް ތަޢުރީފުކޮށް އޭނާ އެކުރި ކަންތައްތައް ތަކަށް ހިތްވަރު ދެމުންނެވެ. ރައީސް ވަހީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް ސޯލިހް ވެސް ވަނީ ފޯނުން ގުޅުއްވާފައެވެ


ކިޔުންތެރިންގެ ހިޔާލު


15

ބޭރު

16-Jun-2020

ނަޝީދު ފެނުނީމާ މލާދިނިއޔޭ ވެސް ގޮވޭ އޮޓަމެޓިކުން. އެހންވަނީ މާބޮޑަށް . އިސްލާމް ދިނަށާ ކީރިިތި ރަސުލާ ޞއވ މަތިވެރި ސަހުސިއްޔަތަށް ފުރައްސަރަކުރީމާ, މާބޮޑަށް އެކަމާ ނުރުހުންވޭ. އަސްލު އިންސާނިއްޔަތުގެ ހީރޯ އާއި ދިމާކުރާ މިޙުން ބާކީވާނެ.



ޓްރެންޑިން