ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތާއީދުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުނުވާނެގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ރައީސް ތާއީދުކުރަށްވާ ކަމަށެވެ. އެހެންނަމަވެސް އެއީ ވަކިއަދަދެއްކަން ކަނޑައަޅަންވާނީ ކަމާބެހޭ އިދާރާތަކުން މަޝްވަރާކުރުމަށްފަހުކަމަށް މިޢުވާން ވިދާޅުވިއެވެ.
"ރައީސްގެ ވިސްނުންފުޅަކީ ކޮންމްވެސް ވަރެއްގެ ލިމިޓެއް އިންނަންޖެހޭކަން." މިއުވާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރައްވާފައެވެ.
ޤާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހަކީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކުކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ ދަތުރެއްގައިވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. މީގެއިތުރުން މިހާރު އޮތްގޮތަށް އޮވެ މަޖިލިސް ކުރިއަށް ދާނަމަ 2024 ގައި އޮންނަ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު