ރާއްޖެ އިން މިއަދު އިތުރު 22 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ ބަލިޖެހުނު މީހުންގެ ތެރެއިން 94 މީހުން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް މިއަދު 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 9 ދިވެއްސަކާއި، ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާ މީހަކާއި، ނޭޕާލް 2 މީހެއްގެ އިތުރުން، ތައިލެންޑަށް ނިސްބަތްވާ އެކެކެވެ.
މިއަދު ބަލިޖެހުނު 22 މީހުންނާއެކު ރައްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 2035 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި 94 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1311 އަށް އަރާފައެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިވަގުތު ބަލިޖެހިފައި ތިބީ 714 މީހުންނަށެވެ. އައިސޮލޭޝަންގައި ތިބީ 462 މީހުންނެވެ. ކަރަންޓީންގައި ތިބީ 341 މީހުންނެވެ. މިހާތަނަށް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 8 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު