ވ. އާރަށުގެ ޚިޔާނާތުގެ މައްސަލާގައި 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނީ ނޫޓުތައް ވަކިން ނޫންކަމަށާއި ފައިސާ ބޮނޑިތައް އެކަނި ކަމަށް ރައީސް ޔާމީންގެ ފަރާތުން ހުށައެޅި ހެކިވެރިޔާ ޢަބްދުالله ރަޝީދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުން ކްރިމިނަލް ކޯޓުގައި މިއަދުވަނީ ކުރިއަށް ގެންދަވާފައެވެ. މިއަދު ފުރަތަމަ ހެކިވެރިއެއްގެ ގޮތުން ހެކިބަސްދެއްވި އަބްދުالله ރަޝީދު ކޯޓަށް ޙާޟިރުކޮށްފައިވަނީ 1 މިލިއަން ޑޮލަރަށްވާ ފައިސާ ޔޫސުފް ނަޢީމަށް ޙަވާލުކުރެއްވިކަން ސާބިތުކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވަމުން އަބްދުالله ރަޝީދު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ޑޮލަރުގެ މުޢާމަލާތެއްގައި ހިމެނޭ ދިވެހި ރުފިޔާ ޔޫސުފް ނަޢީމާ ޙަވާލުކުރެއްވިކަމަށެވެ. ރައީސް ޔާމީން ހަވާލުކުރި ފައިސާތައް ޔޫސުފް ނައީމާ ހަވާލުކުރީ އޭނާގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ކަމަށާއި އެ ފައިސާ ގެންދިއުމުގެ ކުރިން ދޫވެހީގައި ތިބެގެން އެ ފައިސާ ގުނީވެސް އެ ދެމީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫސުފް ނައީމަކީ ކުރިންވެސް ބައްދަލުވެފައިވާ ދަންނަބޭފުޅެއް ކަމަށާއި ރައީސް ޔާމީނަކީވެސް 2009 ވަނަ އަހަރުން ފެށިގެން ދަންނަ ބޭފުޅެއްކަމަށް ޢަބްދުالله ރަޝީދު ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ގުޅުއްވުމުން ދޫވެއްސަށްގޮސް 1 މިލިއަން ޑޮލަރަށްވާ ދިވެހިފައިސާ ބޮނޑިތައް ރައީސް ޔާމީންގެ ޙާޟިރުގައި އަތުން ގުނައި ރައީސް ޔާމީން ސޮއިކުރެއްވި ރަސީދަކާއެކު ގެންގޮސް ޔޫސުފް ނައީމާ ޙަވާލުކުރެއްވި ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު މިއަދު ވިދާޅުވީ އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށާއި އެ ފައިސާ ޙަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށެވެ. ފައިސާ ޙަވާލު ކުރުމުން ޔޫސުފް ނައީމް އެފައިސާ ނުގުނާ ކަމަށާއި ރައީސް ޔާމީން ދެއްވާނީ ހަމަކޮށްކަމަށް ވިދާޅުވެ، އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ރަޝީދު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި ރަޝީދު ވިދާޅުވީ އެކަންކަން ހަނދާނުގައި ނެތްކަމަށެވެ. އެގޮތުން ހުރެވުނުތަނަކާއި ދުވަހުގެ ކޮންވަގުތެއްކަންވެސް ހަނދާނުގައި ނެތްކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި ފައިސާހުރި ކުލަވެސް ހަނދާނުގައި ނެތްކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ 2 ހެކިންގެ ހެކިބަސް މިހާތަނަށް ނަގާފައިވާއިރު މިއަދު އިތުރު 2 ހެއްކެއްގެ ހެކިބަސް ނަގާނެކަމަށް ޝަރީޢަތުން އިސްޤާޟީ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު