1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ބޭންކު ރޭޓުން މާރުކޮށްދޭނެ ފަރާތެއް ހޯއްދެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުން ކްރިމިނަލް ކޯޓުގައި މިއަދުވަނީ ކުރިއަށް ގެންދަވާފައެވެ. މިއަދު ދެވަނަ ހެކިވެރިއެއްގެ ގޮތުން ހެކިބަސްދެއްވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ކޯޓަށް ޙާޟިރުކޮށްފައިވަނީ ޑޮލަރު ވިއްކާނެ ފަރާތެއް ހޯއްދެވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުކުރުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ ރައީސް ޔާމީން ގުޅުއްވައި ބޭންކު ރޭޓުން ޑޮލަރު މާރުކޮށްދޭނެ މީހަކު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެވަގުތު ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދުވެސް އަރިހުގައި ހުންނެވިކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ޑީއާރުޕީގައި އުޅުއްވި ދުވަސްވަރުން ފެށިގެންވެސް ވަރަށް ގާތް ބޭފުޅެއްކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ގިނަ ބަޔަކާ ގުޅުއްވި ކަމަށާއި ޔޫސުފް ނަޢީމާވެސް ގުޅުއްވިކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. ޔޫސުފް ނަޢީމަކީވެސް ވަރަށްގާތް އަޚެއް ކަމަށާއި އެހެންކަމުން ފަރުތުވެރިކަމުގެ ދާއިރާގައި އުޅޭ ގިނަބަޔަކާއި ޔޫސުފް ނަޢީމާ ގުޅުން އޮންނަކަން އެނގިވަޑައިގަންނަވާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މުޙައްމަދު ވިދާޅުވީ 2 ދުވަހެއްގެ ތެރޭގައި ޔޫސުފް ގުޅުއްވައި ރައީސް ޔާމީނަށްނަމަ ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ލިބިދާނެކަމަށް ވިދާޅުވިކަމަށެވެ. އަދި އެފައިސާ ޙަވާލުކުރުމަށްފަހު އެކަން ޙިއްސާކުރެއްވިކަމަށް މުޙައްމަދު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބުގައި މުޙައްމަދު ވިދާޅުވީ އެކަންކަން ހަނދާނުގައި ނެތްކަމަށެވެ. އަދި އޭނާއަކީ ޑޮލްރު ބްރޯކަރެއްކަމަށް ނުބުނާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެއިތުރުން ޔޫސުފް ނައީމް ރައީސް ޔާމީނާ ޑޮލަރު ޙަވާލު ކުރެއްވީ ކިހިނެއްކަން އެނގިނުލައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ 3 ހެކިންގެ ހެކިބަސް މިހާތަނަށް ނަގާފައިވާއިރު މިއަދު އިތުރު 1 ހެއްކެއްގެ ހެކިބަސް ނަގާނެކަމަށް ޝަރީޢަތުން އިސްޤާޟީ އަޙްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު