ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި އެޅި ފިޔަވަޅުތައް އެޗްޕީއޭ އިން މިރޭ ބާތިލުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގެ ރަށްތަކުގައި އެޅުމަށް އަންގަވާފައިވާ ފިޔަވަޅުތައް މިރެއިން ފެށިގެން ބާތިލްކޮށްފައިވާ ކަމަށެވެ.
ކޯވިޑްގެ ބަލި މީހުން މާލެއާއި އަތޮޅުތަކުން ފެނުމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް ރަށްތަކުގައި އަޅާފައިވެއެވެ. ކޯވިޑްގެ ބަލި މީހުން ފެނިފައިވަނީ ރާއްޖޭގެ މަދު ރަށްތަކަކުން ކަން ފާހަގަކޮށްލެވެއެވެ. އެ ރަށްރަށުންވެސް މިފަހުން ކޯވިޑްގެ އެއްވެސް ބަލި މީހަކު ނުވަތަ މުޖުތަމަޢު ތެރޭގައި ފެތުރެމުން ނުދާތީ ރަށްތައް ވަނީ ހުޅުވާލާފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
ރާއްޖެއިން މިހާތަނަށް 2035 މީހަކަށް ބަލި ޖެހިފައިވާއިރު މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައިވެސް ވަނީ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއްދޭން ސަރުކާރުން ނިއްމާފައެވެ

ކިޔުންތެރިންގެ ހިޔާލު