މާލޭ ސަރަޙައްދުގެ ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުޙަލާ މިއަދު ފެށޭނެ އެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މި ނާޒުކު ޙާލަތުގައި، ދިރިއުޅުމުގެ ޢާންމު ވައްޓަފާޅިއާއި އާދަތައް ބަދަލުކުރުމަށް މަޖުބޫރު ވެފައިވާ މިޙާލަތުގައި، ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވެ، ދިރިއުޅުމުގެ އައު އާދަތަކަށާއި އައު ވައްޓަފާޅިއަކަށް ވާޞިލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އެޗްޕީއޭ އިން ވަނީ، ތަފާތު އެކި މަރުޙަލާތަކަކަށް ބަހާލައިފައެވެ.
އެގޮތުން މިހާރު ޢަމަލުކުރަމުން ދާ ފުރަބަންދުގެ ޙާލަތަށް، 2020 ޖޫން 15 އިން ފެށިގެން ލުއިދިނުމަށް ހަމަޖެހިފައިވާއިރު، ގްރޭޓަރ މާލެ ސަރަޙައްދުގައި، ޖޫން 15 ވަނަ ދުވަހުން ފެށިގެން ބޭރަށް ނުކުތުމުގައި، ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާންމުކޮށް ބޭރަށް ނުކުމެ އުޅެވޭނީ، ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ރޭގަނޑުގެ 10:00އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށާއި، ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.
އޭގެ އިތުރުން އެހެން ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށްފައި އޮތް އޮތުމަށް ލުޔެއް ދީފައެއް ނުވެއެވެ. ޢާންމުންނަށް ބޭރުގައި އުޅެވޭނެ ވަގުތުތައް ކަނޑައަޅާފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނުކުމެވޭނީ ފަތިހު 5:00 އިން ހެނދުނު 8:00 އަށް ކަމަށާއި، ކުޑަކުދިން ބެލެނިވެރިޔަކާއެކު ބޭރަށް ނުކުމެވޭނީ، ހަވީރު 4:00 އިން ހަވީރު 6:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ޢާންމު ތަންތާގައި ކަސްރަތުކުރެވޭނެ ވަގުތެއްގެ ގޮތުގައި ހަވީރު 6:00 އިން ރޭގަނޑު 9:00 އަށް ހަމަޖައްސަވާފައިވާއިރު، ވިޔަފާރީގެ ޚިދުމަތް ދޭ އައުޓްލެޓްތަކުގައި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުންނަންވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯވިޑް-19 ފެނިފައި ނުވާ، ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ދިނުމާއި، ޢާންމު އުޞޫލުން ދަތުރުފަތުރު ކުރުމަށް ކުރިން އޮތް ހުރަސް ނިމުމަކަށް ގެނެސްފައިވާއިރު، ގްރޭޓަރ މާލެ ސަރަޙައްދާއި، ކޯވިޑް-19 ފެނިފައިވާ ރަށްރަށުން، އެހެން ރަށްރަށަށް ދަތުރުކުރެވޭނީ ހިފެހެއްޓުންތަކާ އެކުގައި ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
އަދި 2020 ޖޫން 15 ވަނަ ދުވަހުން ފެށިގެން، ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ 3 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް ވިޔަސް، 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން، ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ.
މި މުއްދަތުގައި ރީޓެއިލް ޚިދުމަތްދޭ ވިޔަފާރިތައް ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ޢާއްމުކޮށް ހުޅުވާލައިގެން ޚިދުމަތް ދިނުމަށް ހުއްދަދީފައިވާއިރު، ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ. އަދި ފިހާރަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކުރުމަށް އިސްކަން ދިނުމަށް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް 15 ޖޫން އިން 30 ޖޫންގެ ނިޔަލަށް ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެ ކަމަށާއި، ޖުލައި 1 އިން ފެށިގެން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވައިލެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ކޯވިޑް-19 ނޫން ބަލިތަކަށް ފަރުވާ ދިނުމަށް، އޯޕީޑީ، ޑަޔަގްނޯސްޓިކް ސާރވިސް އަދި ރޭޑިއޮލޮޖީގެ ޚިދުމަތްތައް ކުރިއެކޭ ވެސް އެއްފަދައިން، ހޮސްޕިޓަލްތަކުގައާއި ޕްރައިވެޓް ކްލިނިކްތަކުގައި ކުރިއަށް ގެންދިއުމަށާއި، އެއްވެސް ރަށަކުން ބަލި މީހަކު، އެހެން ރަށެއްގައި ހުރި ހޮސްޕިޓަލަކަށް ރިފަރކުރަންވާނީ، ރިފަރކުރެވޭ ހޮސްޕިޓަލެއްގެ ސްޕެޝަލިސްޓް އެޕްރޫވަލް ލިބުމުން ކަމަށް ހަމަޖައްސާފައިވެއެވެ. އަދި ފްލޫ ކްލިނިކްތަކުގެ ޚިދުމަތް ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދިއުމަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގައި ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ޖޫން 18 އާ ހަމައަށް ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް، ހުޅުވުމަށާއި، މި ދުވަސްތަކުގެ މިގަޑިތަކުގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ޒަރޫރީ ޚިދުމަތްތަކާއި ކޮންމެހެން ނިންމަންޖެހޭ މަސައްކަތް ނިންމުމުގެ ގޮތުން ކަމަށް ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުގެ އޮފީހެއް ހުޅުވި ނަމަވެސް، އެ އޮފީހަކަށް ޢާންމު ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިލައިގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވާއިރު، ޕްރައިވެޓް އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތައް ހުޅުވުމުގައި މިހާރުވެސް ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރަމުން ގެންދިއުމަށް އިރުޝާދު ދީފައިވެއެވެ.
އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން، އެނޫން ގޮތަކަށް އިޢުލާންކުރަންދެން، މަތީ ތަޢުލީމުދޭ ތަންތަނުން، މިހާރެކޭ އެއްގޮތަށް އޮންލައިންކޮށް ކިޔަވައިދިނުމަށާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާމެދު ނިންމާގޮތެއް ސަރުކާރުން ފަހުން އިޢުލާނު ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ޕާކުތަކާއި މައިޒާންތައް ޢާއްމުކޮށް ހުޅުވާލާފައިވާއިރު، ޞިނާޢީ މަސައްކަތްކުރާ ތަންތަނާއި ވާރކްޝޮޕްތައް ހުޅުވުމަށް، ޖޫން މަސް ނިމެންދެން ހުއްދަ ބޭނުންވާނެއެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމަށް މިހާރުވެސް އަޅަމުން ދާ ޚާއްޞަ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.
ބޯކޮށާ ތަންތަނާއި، ސެލޫން އަދި ސްޕާތައް ނިއު ނޯމަލްގެ އުޞޫލުތަކާ އެކު ޖުލައި މަހު ހުޅުވުމަށް ތާވަލްކޮށްފައިވާއިރު، އިންޑިވިޖުއަލް ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ކޯވިޑް-19 ނެތް ރަށްތަކުގެ މެދުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް އެއަރޕޯރޓްތައް ހުޅުވާލުމަށް ނިންމާފައިވާއިރު، ބައިނަލްއަޤްވާމީ ދަތުރުތަކަށް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހުޅުވިގެންދާނީ ޖުލައި މަހުގައި ކަމަށް އެޗްޕީއޭއިން ފުރަބަންދަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
މާލޭގެ ފުރަބަންދަށް ލުއި ދިނުމަށް އާ ގައިޑްލައިންތަކެއް 15 ޖޫން 2020ގެ ކުރިން ޕަބްލިޝް ކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ވާރކްޕްލޭސް ގައިޑްލައިނާއި، ޕަބްލިކް ޓްރާންސްޕޯރޓް ގައިޑްލައިނާއި، ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ އުޞޫލުގެ އިތުރުން ޕާރކްތަކާއި މައިޒާންތައް ހުޅުވައިލުމުގެ ގައިޑްލައިން ޢާއްމު ކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު