ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށްދޭން ފަށާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަން މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ކަންކަން ނިމުމުން ވެސް އެގޮތަށް އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތުގެ ސަބަބުން ވެސް ދޭން ބޭނުންވާ ގޮތަށް ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އޮފީސް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށާއި، އެއާއެކު ހިދުމަތް ފުޅާކުރެވިގެންދާނެކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު