ޖެފްރީ ސާލިމް ވަހީދު
ޖެފްރީ ސާލިމް ވަހީދު
2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ އިއްތިހާދުގެ ސަރުކާރު "ހަލާކުކޮށްލީ" ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙަންމަދު ނަޝީދުގެ ކުރީގެ ނައިބްރައީސަކީ ބަޣާވާތަކުން އެމްޑީޕީގެ ސަރުކާރު ބަދަލު ކުރައްވައި އިންތިޚާބުނުވެ ރައީސްކަންކުރެއްވި ބޭފުޅެއްކަމަށް ގިނަ ރައްޔިތުން ދެކޭތީ އެމަނިކުފާނު ފެނުމުން ވަރަށް ގިނަ މީހުންނަށް "ބާޣީ" އޭ ގޮވޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ އެކްޓިވިސްޓު ހިންގި އަމަލަށް ރައީސް ނަޝީދު ތާއީދު  ކުރައްވާ ކަން ވަނީ ހާމަކުރައްވާފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވިދާޅުވީ ނައިބު ރައީސަކަށް ވަޑައިގަތުމަށް ވަހީދުގެ އަރިހުން އެދިވަޑައިގެންނެވީ ނަޝީދު ކަމަށެވެ. އަދި ވަހީދަކީ ނަޝީދަށާއި ގައުމަސް ވެސް ވަފާތެރި ބޭފުޅެއް ކަމަށް ޖެފްރީ ސާލިމް ވިދާޅުވިއެވެ. އަދި އެމްޑީޕީ އިއްތިހާދުގެ ސަރުކާރު "ހަލާކުކޮށްލީ" ނަޝީދު ކަމަށާއި ތާއީދުކުރާ ފަރާތްތައް ރުއްސުމަށްޓަކައި އެކަން އެހެން ބައެއްގެ ބޮލުގައި އެޅުވުމަށް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޖެފްރީ ވިދާޅުވިއެވެ.



ޖެފްރީ ކުރެއްވި މި ޓްވީޓު ރައީސް ވަހީދު ވަނީ ރީޓްވީޓް ކުރައްވާފައެވެ. ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވެސްޓެއް ކަމަށްވާ "ޖޯރޭ" އެވެ. އެމްޑީޕީގެ އާންމު މެމްބަރުން އޭނާ ދިފާއުކޮށް ސޯޝަލް މީޑިއާގައި ވަނީ އަޑުއުފުލާފައެވެ. އެމްޑީޕީން ވެސް ވަނީ އޭނާ ދިފާއު ކޮށް ބަޔާނެއް ނެރެފައެވެ.

ރައީސް ވަހީދުގެ ދެކަނބަލުންނާ މަގުމަތިން މީހަކު ދިމާކުރި މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ވަހީދަށް ދިން ހަމަލާ ކުރީގެ ރައީސް މައުމޫނާއި ޖުމުހޫރީ ޕާޓީ އާއި އިދިކޮޅު ކޯލިޝަނާއި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ ކުށްވެރިކުރައްވާފައެވެ. ރައީސް ވަހީދަށް ފޯނުން ގުޅުއްވައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ހާލުކޮޅު އޮޅުން ފިލުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން