ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދެވޭނީ ދައުލަތަށް އާމްދަނީ ލިބިގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ހުއްޓި ގާނޫނީ ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހުން ފެށިގެން އަލުން ގްރީން ޓެކްސް ނަގަން ފެށުމަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާޙެއް ހުށައަޅާފައެވެ.
ސަރުކާރުން ހުށައެޅި އިސްލާޙް ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވީ ތަރައްޤީއާ ދިމާލަށް ދަތުރުކުރެވޭނީ ދައުލަތަށް އާމްދަނީ ލިބޭނެ ގޮތަށް މަގުފަހިކޮށްދީގެން ކަމަށެވެ. އެގޮތުން އެއް ދާއިރާއެއްގައި މަސައްކަތްކުރާ ބައެއްގެއަތުން އެއް ހަމަޔަކުން، އެއް އުސޫލަކުން އެއްޗެއް ނެގުމަކީ ގާނޫނުއަސާސީގެ ސިފައެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށައެޅުއްވީ އައު ކަމެއް ކުރުމަށް ނޫން ކަމަށެވެ. އަދި މިއީ ކުރިން އަތްދަށުން ގޮސްފައިއޮތްކަމެއް ރަނގަޅުކޮށްލުން ކަމަށާއި އެހެންކަމުން މިފަދަ ކަންތައްތަކުގައި ޕޮޒިޓިވްކޮށް ވިސްނެވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ދެވޭނީ ސަރުކާރަށް ރަނގަޅު އާމްދަނީއެއް ލިބިގެން ކަމަށާއި އަދި ޢާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންނަމަވެސް ދަޢުލަތަށް ޢާމްދަނީ ހޯދުމަށް އެއްބާރުލުން ދެއްވުމަށް ޤާސިމްވަނީ އެދިވަޑައިގެންފައެވެ.
މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށް ބިލް ފާސްކުރުމަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ. މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރަން ނިންމި ނަމަވެސް، ބިލު ފާސްވާނީ މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ވޯޓަށް އެހުމުން އެގޮތަށް ފާސްވެއްޖެނަމައެވެ.
ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެމީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު