ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހާއްސަ ކޮށްގެން ބާއްވާ ވިޔަވަތި ރާއްޖެ ކޮންފަރެންސް މިއަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން މަސައްކަތް ކުރަމުން ގެންދާކަން ސަރުކާރުން އިއުލާނު ކޮށްފިއެވެ.
މިކަން އިއުލާނު ކުރައްވާފައިވަނީ ދެކުނުގެ އަތޮޅުތަކަށް ހާއްސަ ކޮށްގެން ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރައީސް މިއަދު ވިދާޅުވީ، ދެން ދަތުރުހިފާނީ އެންމެ އުތުރަށް ކަމަށާއި އެގޮތުން ކުޅުދުއްފުށި ސިޓީއާއި، އެންމެ އުތުރުގެ އަތޮޅުތަކާ އެކީގައި މިފަދަ ކޮންފަރެންސެއް، ރާއްޖޭގެ ހަތަރުވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ބައެއް ކަހަލަ މައްސަލަތަކުގައި މަޝްވަރާ ކުރަން ބޭނުންފުޅުވި ވަރަށް ބައެއް ފަރާތްތަކަށް ފުރުސަތު ނުދެވި ދިޔަ ކަމަށާ، ނަމަވެސް އެ ހުރިހާ ކަމެއްގެ އަލީގައި ދެން އަންނަ ބައްދަލުވުމެއް މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނާއިއެކު، ކަމާގުޅޭ މާހިރުންވެސް ހިމެނޭހެން ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން ބާއްވާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު