ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން؛ ފުލުހުން ދަނީ މި މަސައްކަތުގެ ހުރިހާ ދިމާއެއްގައި ވެސް ހަރަކާތްތެރިވަމުން
ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން؛ ފުލުހުން ދަނީ މި މަސައްކަތުގެ ހުރިހާ ދިމާއެއްގައި ވެސް ހަރަކާތްތެރިވަމުން
ރާއްޖެއިން އިއްޔަެ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 83 އަހަރުގެ ފިރިހެނަކާއި، 92 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނޭކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެތެރެއިން 83 އަހަރުގެ މީހާއަކީ، ހައިޕަޓެންޝަން އާއި ދިގު މުއްދަތަށް ބޭސްކުރަމުން އަންނަ އެކިއެކި ބަލިތަކުގެ މީހެކެވެ.

ކޯވިޑް-19 ގެ އެންމެ ނުރައްވާ ބޮޑީ، އުމުރުން ދުވަސްވީ މީހުންނަށާއި، ސިއްހީ މައްސަލަތައް ހުންނަ މީހުންނަށްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މަބްރޫކް ވަނީ، އުމުރުން ދުވަސްވީ މީހުންނަށް ބަލި ފޯރުވައިދޭ މީހަކަށް ނުވުމަށް އެދިވަޑައިގެންފައެވެ.

"މި ދެ ރޭ އަޅުގަނޑުމެންނަށް ދައްކައިދިން ސިގްނަލަކީ އަޅުގަނޑަށް އެ ވެދާނެ ރޯގާއަކަށް، ތިބޭފުޅުންނަށް ވެދާނެ ރޯގާއަކަށް. އެހެން ނަމަވެސް ތިބޭފުޅުން މި ބަލި ގެންދަނީ ކޮން ބޭފުޅަކާ ހަމައަށްތޯ ވިސްނަވަންޖެހޭ. ފަހަރުގައި އެ ބަލި އެ ޖެހެނީ ބަލީގެ ސަބަބުން، ނިކަން އުނދަގޫ ނިކަން ބިރުވެރި ހާލަތެއް ދިމާވެދާނެ ބޭފުޅަކަށް ވެސް ވެދާނެ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ކޮންމެ މީހަކު ވެސް ބޭރުގައި އުޅުމަށްފަހު، ގޮސް ވަންނާނީ އަމިއްލަ ގެއަށް ކަން ހަނދާންކޮށްދެއްވައިފައެވެ. އަދި މާލޭގައި ވެސް ބަލި އެބަ އުޅޭ ކަމަށާއި އެހެންކަމުން ބަލީގެ ސީރިއަސްކަން ނުކެނޑޭކަން ވެސް މަބްރޫކް ހަނދާކޮށްދެއްވިއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 2035 އަށް އަރައިފައި ވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަނީ 714 މީހުންނެވެ. ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް އަށް މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ހުރިހާ ދިވެހިންނަކީވެސް 80 އަހަރުން މަތީގެ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން