ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ ދެ އުޅަނދެއް ހަތްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅި ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އެގޮތުން ފިޔަވަޅު އަޅާފައިވަނީ ސްރީލަންކާގެ ދެ އުޅަނދަކަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އޭގެތެރެއިން 1 އުޅަނދު ހަލައްކަ ރުފިޔާއިން ޖޫރިމަނާކުރި ކަމަށެވެ. އެއުޅަނދު ޖޫރިމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީއާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުގެ ސަބަބުންނެވެ. އެ އުޅަނދުގައި 3 ޓަނުގެ މަސް ހުރިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އަދި 2 ވަނަ އުޅަނދު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުގެ ސަބަބުންނެވެ. އެ އުޅަނދު އަތުލައިގަތްއިރު އުޅަނދުގައި މަސް ނެތްކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދުގެ ވެރި ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
މީގެކުރިން މިގޮތަށް ޖޫރިމަނާކުރުމުން ފައިސާ ނުދެއްކި 04 އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު