ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާޙު އަނބުރާ ގެންދެވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު 87ގައި ހިފެހެއްޓުމަށް ޤާސިމް ހުށައަޅުއްވާފައިވާ އިސްލާޙަށް ބަހުސްކުރަށްވަމުން އަސްލަމް ވިދާޅުވީ އެ ބިލުގައި ހުރި ބައެއް ކަންކަމާއި ގުޅޭ ގޮތުން އަދި ވަރަށް ބޮޑަށް މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން މެންބަރުން ލިމިޓްކުރުމަކީ ހަމައެކަނި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނިމޭނެކަމެއް ނޫން ކަމަށާއި އިތުރު ގާނޫނުތަކަށް ވެސް އިސްލާހުތައް ގެންނަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޤާސިމްގެ އިސްލާޙު އެގޮތަށް ފާސްކޮށްފިނަމަ ބައެއް ދާއިރާތަކަށް މެންބަރުން މަދުވެދާނެ ކަމަށެވެ. އެގޮތުން ވ. އަތޮޅުގައި މިހާރުއޮތް 2 ދާއިރާ އެއްކޮށްލުމުންވެސް 5000 ހަމަނުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. ހަމައެއާއެކު ގާނޫނުތައް އިސްލާހު ކުރުމަކީ ޤާސިމް ހުށަހެޅުއްވި ބިލުގައި އޮތްގޮތަށް ކުރެވޭނެ ކަމެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ މި ބިލާ ދޭތެރޭގައި އިތުރަށް ވިސްނައި، އިތުރަށް މަޝްވަރާކުރެއްވުމަށް އިއްޒަތްތެރި މެމްބަރު މި ބިލު އަނބުރާ ގެންދެވުމަށް." އަސްލަމް މިއަދު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓްކުރުމަށް ދެކޮޅު ނޫންކަމަށެވެ. ނަމަވެސް، މިހާރު މެމްބަރުން ތިއްބެވި 87 މެންބަރުންގެ ޢަދަދަކީ ކިހިނެއް އައި އަދަދެއްކަން ވިސްނަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްކޮށްތިބެ މަޝްވަރާކުރަންޖެހޭ ލލކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރަށްވާފައެވެ.
ޤާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހަކީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކުކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ ދަތުރެއްގައިވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. މީގެއިތުރުން މިހާރު އޮތްގޮތަށް އޮވެ މަޖިލިސް ކުރިއަށް ދާނަމަ 2024 ގައި އޮންނަ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު